ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ކައުންސިލަށް ލިބިފައިނުވާކަމަށާއި، އެއްބާރުލުން ދެއްވިނަމަ މިއަށްވުރެ ގިނަ މަސައްކަތްތައް ރައްޔިތުންނަށް ކޮށްދެވުނީސްކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި މޭޔަރުގެ ހައިސިއްޔަތުން ބޭއްވި ފަހު ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއްކޮށްދެވުނުކަމަށެވެ. އަދި އެކަންކަން ކުރުމުގައި ކައުންސިލުގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް މަސައްކަތް ކުރައްވަން އިލްތިމާސްކުރާކަމަށެވެ.

" ސެކްރެޓަރީ ޖެނެރަލް، ޑިރެކްޓަރ ޖެނެރަލް، ހުރިހާ ޑިރެކްޓަރުން، އަދި ހުރިހާ މުވައްޒަފުން ކޮށްދެއްވި ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" މުއިއްޒު ވިދާޅުވިއެވެ.



މުއިއްޒު ވިދާޅުވީ ސަރުކާރުން ކައުންސިލަށް ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވާ ނުވާކަމަށެވެ. އަދި ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ލިބުނުނަމަ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަކަށް ހައްލު ހޯދުނީސްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއީ އޭނާ މޭޔަރުގެ ހައިސިއްޔަތުން ކައުންސިލުގެ މުވައްޒަފުންނާއެކު ބާއްވާ ފަހު ބައްދަލުކުރެއްވުންކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި އަދިވެސް ބައްދަލުވާނޭކަންވެސް އެމަނިިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެން މުއިއްޒު ވަނީ މޭޔަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން