1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގައި ހިންގި އުދުވާނީ ހަމަލާގެ ހާދިސާއަށް ބިނާކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހަރަކާތްތެރިވާ ފިލްމެއްގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ރާއްޖޭގައި ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގެ މައްޗަށް އުފައްދާ މި ފިލްމަށް ކިޔާ ނަމެއް އަދި ހާމައެއް ނުކުރެއެވެ. ސަލްމާން ޚާން މި ފިލްމުގައި ކުޅޭނީ އޭރު އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ފޮނުވި ސިފައިންގެ މީހުންގެ އިސް ކޮމާންޑަރުގެ ރޯލެވެ. ކަރަން ޖޯހަރް ފްރޮޑިއުސްކުރާ މި ފިލްމުގައި 3 ނޮވެމްބަރުގައި އިންޑިއާއިން ހިންގި މިޝަންގެ ދައުރު ދައްކުވައިދޭނެއެވެ.

މި ފިލްމުގެ ލީޑް ރޯލަށް ސަލްމާންގެ އިތުރަށް ދެކުނުގެ މަޝްހޫރު ތަރި ސަމާންތާ ރޫސް ޕްރަބޫ ނެގުމަށް ވާހަކަދެކެވުމުން ދެއެވެ. ފިލްމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

19 ދިވެހިން ޝަހީދުވުމުގެ އިތުރަށް އެތައް ބަޔަކަށް އަނިޔާވި ނަސްރުގެ ދުވަހަކީ ރާއްޖޭގެ އޭރުގެ ވިޔާފާރިވެރިޔެއް ކަމުގައިވާ ޢަބްދުﷲ ލުތުފީ އިސްވެ ލަންކާގެ ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުނު ދުވަހެވެ. އެދުވަހު ވެރިރަށް މާލެއަށް ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތައް ދިވެހި ސިފައިން ވަނީ ހިތްވަރާއިއެކު ދިފާއުކޮށް ނަސްރު ހޯދާފައެވެ.



އެ ދުވަހު މާލެއަށް ވެރިވި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ އަވަށްޓެރި އިންޑިއާގެ އަސްކަރީ އެހީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަހުމަދު

21-Oct-2023

ބަލާނެ ކަމެއް ނެތް. ތި ފިލްމުގައި ދައްކުވައިދޭނީ މުޅިންވެސް އިންޑިޔާ މީހުންގެ މޮޅުކަން


-2

އަބްދޫ

17-Oct-2023

ޢިސްމީހަކީ ސިއްކަ ލުތުފީ މިސަންގެ އިސް މީހާ ނާސިރު އެއީ އެހީތެރިއެއް.


4

ްއެދުން

17-Oct-2023

އަޅުގަނޑުދެކޭގޮތުގައި މިޕޯސްޓު މިގޮތައް ލިޔުނު މީހާގެ މައިގަނޑުބޭނުމަކީ ދިވެހިން ގެ ސިކުނޑި އައް ސަވާރުވުން. އިންޑިޔާ އަސްކަރިއްޔާ އަކީ އަބަދާމެ އަބަދު މި ފަސްގަނޑު ގަ ވަކި ހިއްޕައިގެން ތިބެންޖެހޭ ބައެއްކަން ވިސނަދޭން ކުރާ ކަމެއް ކަމައް ގަބޫލް ކުރެވެނީ.



ޓްރެންޑިން