ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި، ޤައުމަށް ހިދުމަތްކުރެއްވުމުގައި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަރވިއު ބެއްލެވިކަމަށާއި، އަދި އިންޓަރވިއުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ވަރަށް ފުރިހަމަކަމަށެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ޤައުމަށް ހިދުމަތްކުރެއްވުމުގައި މުއިއްޒު ކުރައްވާނެ މަސައްކަތަށް ކާމިޔާބަށް އެދޭނެކަމަށެވެ.



ޑރ. މުއިއްޒު ވަނީ ރައީސް މައޫމުންގެ ޓްވީޓާއި ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ.



ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޑރ. މުއިއްޒު ރައީސްކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގެންނެވިފަހުން އެމަނިކުފާނަށް ވަކިން އިޝާރާތްކުރައްވައި، ކާމިޔާބަށް އެދި ކުރެއްވި ފުރަތަމަ ޓްވީޓެވެ.

ރައީސް މައުމޫނަކީ މުއިއްޒު ނިސްބަތްވާ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ބާނީއެވެ. އެމަނިކުފާނު ޕީޕީއެމް ދޫކޮށް ވަޑައިގެންނެވީ ރައީސް ޔާމީނާއި ދެމެދު އުފެދުނު ހިޔާލު ތަފާތުންތަކެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން