ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ކަންކަމަށް ސައުދީ އަރަބިއްޔާއިން ބޮޑު އެހީއެއް ދީފިއެވެ.

ސައުދީ ފަންޑުން ދޭން ނިންމާފައިވާ މިއެހީއަށް ބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް 50 މިލިއަން ޑޮލަރު ދިނުން ހިމެނެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 2.3 ބިލިއަން ރުފިޔާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދިވެހި ސަރުކާރުން އެދިގެން ސައުދީ ފަންޑުން މިދިޔަ ހަފްތާގައި ހަމަޖައްސައިދިން ފައިސާއެވެ.

2016 ވަނަ އަހަރު ވެސް އެއާޕޯޓް ތަރައްގީކުރުމަށް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. ނަމަވެސް ސައުދީ ފަންޑުން ދިން އެހީއާ ގުޅޭގޮތުން ސަރުކާރުން ވާހަކައެއް ނުދައްކައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓަރމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީގެ ބިންލާދިން ގްރޫޕާއެވެ. ނަމަވެސް މިދިޔަ 5 އަހަރުގެ ތެރޭގައި އެދެވޭގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން