ހަތިޔާރު ބޭނުންކުރުމާބެހޭ މުހިންމު ބައެއް އުޞޫލުތައް ފުލުހުންގެ ހިދުމަތުން އާންމުކޮށްފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމުން ބުނެފިއެވެ.

އެޗް.އާރް.ސީ.އެމުން މިހެން ބުނެފައި ވަނީ ފުލުހުން ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމާ ގުޅެގޮތުން އެޗް.އާރް.ސީ.އެމުން އެކުލަވާލާފައިވާ ޕޮލިސީ ރިވިއުއެއްގައެވެ. މި ރިވިއުގައި ފުލުހުން ބާރުގެ ބޭނުންކުރުމާ ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ޤަވައިދުތަކުން 8 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެޗް.އާރް.ސީ.އެމުން އެކުލަވާލާފައިވާ ޕޮލިސީ ރިވިއުއެއްގައި ބުނީ ފުލުހުން ބާރުގެ ބޭނުންކުރުމާ ހަތިޔާރު ބޭނުންކުރުމާއި ގުޅޭގޮތުން އަމަލުކުރަމުންދާ ޤަވައިދުތަކުގައި އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތް ކޮށްފައިވާކަމަށެވެ. ނަމަވެސް ޤަވާއިދުގެ ދަށުން އެކުލަވާލަން ލާޒިމްކުރާ މުހިއްމު ބައެއް އުޞޫލުތައް އެކުލަވާލާ އާންމުކޮށްފައި ނުވާކަމަށް އެޗް.އާރް.ސީ.އެމުން ބުނެއެވެ.

ޕޮލިސީ ރިވިއުގައި ބުނީ ގުޅުން ހުރި ޤަވާއިދުތަކުން ބާރުލިިބިގެން 7 އުޞޫލެއް އެކުލަވާލުމަށް ލާޒިކޮށްފައި އޮތްނަމަވެސް މިހާތަނަށް އެކުލަވާލާ އާންމުކޮށްފައިވަނީ އެއް އުޞޫލުކަމަށެވެ. އެހެންކަމުން މިކަންކަން ރަނގަޅުކުރުމަށްޓަކައި ޤަވައިދުތަކުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކުރުމާއި އަލަށް އެކުލަވާލަން ލާޒިމްކޮށްފައިވާ އުޞޫލުތައް އެކުލަވާލުމަކީ މުހިއްމުކަމެއްގެ ގޮތުގައި ކޮމިޝަންގެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ. އަދި ގުޅުންހުރި އުޞޫލުތަކާއި މެނުއަލްތައް އެކުލަވާލާއިރު އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތްކުރުމާއެކު އެކުލަވާލާ ޤަވައިދުގައި ބާޔާންކުރާ މުއްދަތުގެ ތެރޭގައި އާންމުކުރުމަށް ވަނީ ހުށައަޅާފައެވެ.

އެޗްއާރުސީއެމުން ބުނީ މި ރިވިއުގެ މައިގަނޑު މަޤްޞަދަކީ ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުން އަމަލުކުރަމުންދާ ޤަވައިދާ އުޞޫލުތަކަކީ ކޮބައިކަން ދެނެގަނެ އިންސާނީ ހައްޤުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާ އުޞޫލްތަކެއް ކަމުގައި ހެދުމަށް ބާރުއެޅުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން