ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޝަން ހެކަތަން ފަށައިފިއެވެ.
"މޯލްޑިވްސް އޯޝަން ހެކަތަން 2023" އަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ކްރޮސް ރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެކަތަން ފެށުމުގެ ރަސްމިއްުޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.
10 ޓީމަކުން ބައިވެރިވާ ”މޯލްޑިވްސް އޯޝަން ހެކަތަން 2023" ގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތައް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށަހަޅާނެއެވެ. އެގޮތުން ހެކަތޯންގައި ރާއްޖޭން 9 ހިޔާލެއް ހުށައަޅާފައިވާއިރު މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީގެ ފަރާތުންވެސް ވަނީ ހިޔާލެއް ހުށައަޅާފައެވެ.
ރާއްޖެއިން ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުން ހިމެނެއެވެ. މީގެއިތުރުންވެސް ބައެއް ހިޔާލުތައް ވަނީ ހުށަހަޅާފައެވެ.
ކާރިސާއެއް ދިމާވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ހެދުމާއި، ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދިނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައިދިނުން ވެސް ހިމެނެއެވެ.
މޯލްޑިވްސް އޯޝަން ހެކަތަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކޮށް މިކަަމަށް ހައްލެއް ގެނައުމަށް އެންމެ ފަހުގެ ޑޭޓާ ބޭނުންވާކަމަށެވެ. ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ހެކެތަން އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 48 ގަޑިއިރު ހަމަވާގޮތަށް 3 ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ހެކަތަން ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަކަށް މިމަހުގެ 17އާއި ހަމައަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ.
10 ޓީމަކުން ބައިވެރިވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

🚀 Let the innovation begin! The 2023 Maldives Ocean Hackathon is now in full swing at Crossroads Maldives, Get ready to explore the limitless potential of the ocean! #MvOceanHack pic.twitter.com/i9UivkYoxg
— Maldives Ocean Hackathon (@mvoceanhack) October 15, 2023
މޯލްޑިވްސް އޯޝަން ހެކަތަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކޮށް މިކަަމަށް ހައްލެއް ގެނައުމަށް އެންމެ ފަހުގެ ޑޭޓާ ބޭނުންވާކަމަށެވެ. ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ހެކެތަން އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 48 ގަޑިއިރު ހަމަވާގޮތަށް 3 ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ހެކަތަން ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަކަށް މިމަހުގެ 17އާއި ހަމައަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ.
10 ޓީމަކުން ބައިވެރިވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު