ފަލަސްތީނަށް ކުރިމަތިވެފައިވާ މުސީބާތުން އެގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް އިސްލާމީ ގައުމުތަކުން ތެދުވަންވީ ވަގުތު ޖެހިއްޖެ ކަަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކުގައި ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންގެ އެތައް ބަޔަކު ޝަހީދުވެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވައި ރާއްޖޭގެ މީޑިޔާއެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މުސީބާތުން ސަލާމަތްކުރުމަށް އިސްލާމީ ގައުމުތަކުންނާއި އަދުލްވެެރިކަަމަށް ލޯބިކުރާ އެންމެން ތެދުވަންވީ ވަގުތުޖެހިއްޖެ ކަމަށެވެެ. ފަލަސްތީނުގެ ރައްޔިތުން މިއަދު އުޅެމުންދަނީ ދުނިޔޭގެ ފަހުގެ ތާރިޚުގައި ގައުމެއްގެ ރައްޔިތުން އުޅޭނޭ އެންމެ އަނިޔާވެރި ހާލަތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ފަލަސްތީނު އެތައް މިލިއަން މީހުން ވަތަނުން ބޭރުގައި އުޅެމުން އެދަނީ، އެމީހުންގެ ބިންތަށް ފޭރި އެތަނުގައި އެހެން ބަޔަކު އައިސް ވަޒަންވެރިވެފައި އެވަނީ. އެހެންވީމާ މި ކާރިސާއިން، މި މުސީބާތުން ފަލަސްތީނު ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ދުނިޔޭގެ އަދުލަށް ލޯބިކުރާ އެންމެން ތެދުވަންޖެހޭ. މިއޮތީ އެ ހާލަތު އައިސްފައި." ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ފަލަސްތީނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ނުހުއްޓި ދިގުލައިގެންދާނަމަ ބައެއް އެހެން ގައުމުތަކުން އެހަނގުރާމައަށް ވަނުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ. އަދި އެހެން އެކަން ވެއްޖެނަމަ އިންސާނީ ވަރަށް ބޮޑު ކާރިސާއެއް ކުރިމަތިވެ ވަރަށް ބޮޑު ހަނގުރާމައަކަށް މި ހަނގުރާމަ ވެގެން ހިގައިދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ނިކަމެތިވެ ބިކަވެ ބޮޑު އިންސާނީ ކާރިސާއަކަށް ވެއްޓި ލޭއޮހޮރިގެންދާ މަންޒަރު ބަލަން އަރަބިގައުމު ތަކުގެ ރައްޔިތުން ތިބޭނެ ކަަމަށް ނުބެލެވޭ ކަމަށެވެެ.

"ފަލަސްތީނުގެ ވަށައިގެންވާ ގިނަ ގައުމުތައް، އަރަބިގައުމުތައް، ޖޯޑަން، މިސްރު އަދި އެ ހިސާބުގަނޑު ރައްޔިތުންގެ ޖަޒުބާތު ހުރީ ވަރަށް މަތީގައި މި ހަނގުރާމައާއި ގުޅިގެން. އެހެންވީމާ އެތަންތަނުގެ ސަރުކާރުތަކަަށް ވެސް ތަޙައްމަލު ކުރަން ފަސޭހައެއް ނުވާނެ ވަކި ހިސާބަކަށް ކަންތައް ގޮސްފި ކަމަށް ވާނަމަ، އެހެންވެގެން އަދުލަށް ލޯބިކުރާ ބައިނަލްއަގުއާމީ ފަރާތްތަކުން އަދި އަރަބި އިސްލާމީ ގައުމުތަކުން މަސައްކަތް ކުރަނީ މީގެން ފަލަސްތީނުގެ ރައްޔިތުންނަށް މި ހަނގުރާމައިން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި. އަދި ހަނގުރާމަ ހުއްްޓުވައި ސުލްހައިގެ މަގަކަށް ގެންދެވޭތޯ މަަސައްކަތް ކުރަމުން އެބަދޭ ބައެއް އިސްލާމީ ގައުމުތައް. އެހެން ނަމަވެސް އޭގެ ނަތީޖާ އެއް ނުފެނި ހަނގުރާ މިދަނީ ކުރިއަށް." ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން