ބަނގުރާ ފުޅިތަކަކާއެކު ތިލަފުށިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މީހަ ހައްޔަރު ކޮށްފައި ވަނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށިން ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.



މިހިނގާ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ތިލަފުށީގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.



އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވެއެވެ.



މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޗައިވާލާ

17-Oct-2023

މީގަ ކޮން ޤައުމެއް ކަން ބުނެލަން ޖެހިލުން ވުމީ ހިތާމަ ހުރި ކަމެއް.



ޓްރެންޑިން