ރާއްޖޭގައި މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ތައުލީމު އުނގަންނައިދެމުންދާ ކޮލެޖްތައް ޔުނިވާސިޓީ ދަރަޖައަށް ބަދަލުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. ޝިފާއު ހުށަހެޅުއްވި އެ ބިލުގައި ވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ރާއްޖޭގައި ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަކަށް ވުމެވެ. ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަތީ ތައުލީމު ދޭ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބުމަށް ޝަރުތު ހަމަވާ، މުއްދަތު 20 އަހަރުން 10 އަހަރަށް ކުރު ކުރަން ވަނީ ހިމަނާފައެވެ.

މީގެ ކުރީގައި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅި އެ ބިލް އެމްޑީޕީގެ މެޖޯރިޓީގެ ވޯޓުން ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

އޭނާ ހުށައެޅުއްވި ބިލުގައި ވަނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަހުމަދު

17-Oct-2023

ނަމެއް ޖެހުނީމަ ހުރިހާކަމެއް ފުރިހަމަވީއޭ ހީވާ މީހުން ގިނަކަމުން އެއްވެސް ތަނެއްގެ ފެންވަރު މައްޗަށް ނުދަނީ.



ޓްރެންޑިން