ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

އެގޮތުން، އައްޑޫ ސިޓީ، ފުވަށްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ.ދިއްދޫ، ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތަށް މާސްޓަރކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އ.ީއެމް.ވީ ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅުތެރޭގެ ޢާއްމު ބަހުގެ ޚިދުމަތުގެ ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ ޢާއްމު ބަހުގެ ޚިދުމަތުގައި "ފިކްސްޑް ފެއަރ" ރޫޓާއި "ޑިސްޓެންސް ފެއަރ" ރޫޓު ހިމެނެއެވެ. އެގޮތުން، "ފިކްސްޑް ފެއަރ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވަނީ އެއް އަގެކެވެ. މި ރޫޓުން ދަތުރު ކުރާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަން ޖެހޭނީ ބަހަށް އަރާއިރު އެކަންޏެވެ. ނަމަވެސް "ޑިސްޓެންސް ފެއަރ" ރޫޓުގައި އަގު ކަނޑައަޅާފައިވަނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށް ކަމުގައި އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

"ފިކްސްޑް ފެއަރ" ރޫޓުތައް:

"ޑިސްޓެންސް ފެއަރ" ރޫޓުތައް:

މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއ،ި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައ.ިޑީ ކާޑު ދައްކައިގެން ހިލޭ ލިބޭނެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ)

އިން ދީފައިވާ ކާޑު ދެއްކުމުންވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން