މާލެގެ ސައިހޮޓަލެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މއ. ފޮގެޓް މީ ނޮޓްގެ ތިރީގައި ހުންނަ ކެފޭއެއްގައެވެ. މިއަދު ހެނދުނު 11:40 ގައި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި މިހާރު އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން