ސިނަމާލެ ބްރިޖްގައި ގަވާއިދާ ޚިލާފަށް ދުއްވައިގެން 120 ނަސޭހަތުގެ މެސެޖް 24 ގަޑިއިރުގެ ތެރޭގައި އެކި ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަ ކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރުމާ ގުޅިގެން އިއްޔެގެ 07:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި 120 ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަަން ފުލުހުން ހާމަކުރިއެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ކުރަން ފެށި މަސައްކަތެކެވެ. އެގޮތުން، ބާޜު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ،، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް އިއްޔެއިން ފެށިގެން ފުލުހުން ވަނީ މެސެޖް ފޮނުވުމަށް ނިންމާފައެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ދެނެގަންނަނީ ސިނަމާލެ ބްރިޖްގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދީފައި ވެއެވެ.

މަގުމަތީގައި ދުއްވާ މީހުންނާއި ހިނގާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ޤަވާއިދުތަކަށް އިހުތިރާމް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން