އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް ސީދާ އަމާޒުކޮށް އިޒްރޭލުން ހަމަލާދީފިއެވެ.

މިހަމަލާގައި ގުދަން އެއްކޮށް ހަލާކުވެފައިވާ ކަމަށް އައިއޭސީއިން ބުނެފައި ވެއެވެ.

މި ހަމަލާގައި 2000 ރަޖާއާއި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1000 ޕެކް އަދި 3000 އަންނައުނު ޕެކް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދީފައި ވެއެވެ.





މީގެ އިތުރުން، އެޖަމިއްޔާގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ އެއްގަމު އުޅަނދަކަށްވެސް ހަމަލާދީފައިވާ ކަމަށް އައިއޭސީއިން ބުންޏެވެ.

މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ލިބިފައިނުވާ ކަމަށް އައިއޭސީއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން