އަހުމަދު މަސްނޫމް   16 އޮކްޓޯބަރު 2023 - 21:1
ސަރުކާރުން ހަވާލުކޮށްގެން ކުރިއަށްގެންދާ ބ.ކަމަދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެމްޓިސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 78 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާކަމަށެވެ. އެގޮތުން ޖެޓީ ހެދުމުގެ މަސައްކަތް މިޙަރު ވަނީ ނިމިފައިވާކަމަށާއި އަދި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 30,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭކަމަށެވެ. އަދި ދެ ރޭމްޕް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1,810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ރިންގ ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން