ފަލަސްތީނުގެ ރައްޔިތުންނަށް ހައްދުފަހަނައަޅާފައިވާ ދައުލަތެއް ނެތް އިސްރާއީލުގެ ސިފައިން ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އިންޑިއާގެ ހަރުކަށި ހިންދުވާތާ ބައިގަނޑުކަން ހާމަވެއްޖެއެވެ.

ދުނިޔޭގެ އެންމެ ވަރުގަަދަ އެއް މީޑިއާކަމަށްވާ އަލްޖަޒީރާއިން ހެދި ދިރާސާއަކުން ދައްކާގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން އެންމެ ބޮޑަށް ދޮގު ހަބަރުތައް ފަތުރަމުން އަންނަނީ އިންޑިއާއިންނެވެ.

އިންޑިއާ މީހުން އަޑީގައި ތިބެގެން ފެތުރި ދޮގު ހަބަރުތަކުގެ ތެރޭގައި ހަމާސްއިން ޔަހޫދީ ކުޑަކުދިންގެ ބޯ ބުރިކުރާކަމަށް ބުނެ ދެއްކި ވާހަކަ ހިމެނެއެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ވަނީ ހާމަވެފައެވެ.

މުސްލިމުންނާއި މެދު ނަފްރަތު ކުރާ އިންޑިއާއިން ފަތުރާ ހަބަރުތަކުގައި ބުއްދިއަށް ގަބޫލު ނުކުރެވޭ ކަންކަންވެސް ހުންނަކަން ބައެއް މީހުން ފާހަގަކުރެއެވެ. އެގޮތުން ހަމާސްގެ ހަމަލާއަކީ އެމެރިކާ މީހުންގެ ރޭވުމެއްކަމަށްވެސް އިންޑިޔާގެ ފޭކު ހަބަރުތަކުގައި ވަނީ ބުނެފައެވެ.

ހަބަރުތަކުގެ ތެދު ދޮގު ބަލާ އިންޑިއާގައި ފެކްޓް ޗެކިންގ ކުންފުންޏެއްކަމަށްވާ ބޫމްއިން ބުނާގޮތުން ޓްވިޓަރގައި ވެރިފައިކޮށްގެން އުޅޭ އިންޑިއާގެ މީހުންގެ އެކައުންޓްތަކަކީ އެންމެ ބޮޑަށް ދޮގު ހަބަރު ފަތުރާ އެކައުންޓްތަކެވެ. އެގޮތުން އެ އެކައުންޓްތަކުން ފަލަސްތީނު ރައްޔިތުންނާއި ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމުގެ އިތުރުން، އިސްރާއީލުން ދޭ ހަމަލާތަކަށް ތާއީދުކޮށް ވަނީ ޓްވީޓްކޮށްފައެވެ. މައިގަނޑު ގޮތެއްގައި އިންޑިއާ މީހުން ދައްކަން އުޅެނީ ފަލަސްތީނުގެ ރައްޔިތުންނަކީ އަނިޔާވެރި ބައެއްކަމަށެވެ. އެއީ އެމީހުން މުސްލިމުން ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން ކަމަށްވެސް ދިރާސާކުރާ މީހުން ބުނެއެވެ.

އިންޑިއާގެ ހިންދޫއިން ފެތުރި އަނެއް ހަބަރަކީ ހަމާސްއިން އިސްރާއީލުގެ ކުޑަކުދިންތަކެއް ވަގަށް ނަގައިގެން ގެންދާކަމަށް ބުނެ ފެތުރި ހަބަރެވެެ. ނަމަވެސް އެއީވެސް ހަގީގަތެއް ނޫންކަން ވަނީ ހާމަވެފައެވެ. އަދި އެ ވީޑިއޯއަކީވެސް އިސްރާއީލުގެ ސްކޫލް ކުދިންތަކެއް ދަތުރެއް ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއްކަން ވަނީ ހާމަވެފައެވެ. އިންޑިއާ މީހުން އެ ވީޑިއޯ ޓްވީޓްގައި ފެތުރުމުން އެތައް ބަޔަކު އެ ޓްވީޓްތައް ރީޓްވީޓް ކޮށްފައިވެއެވެ. ނަމަވެސް އޭގެތެރޭގައިވެސް ގިނައީ އިންޑިއާ މީހުންނެވެ.

ދިރާސާކުރާ މީހުން ބުނާގޮތުން އިންޑިއާ މީހުންގެ ތެރެއިން ހަމާސްއާ ދެކޮޅަށް ޓްވީޓްކުރާ ގިނަ މިހުންނަކީ މުސްލިމުންނާއި ދެކޮޅަށް ޓްވީޓްކުރުމުގައި އަވަދިނެތި އުޅޭ މީހުންނެވެ. އިންޑިއާގައި އުޅޭ ބުއްދި ހަމަޖެހޭ މީހުންވެސް ގަބޫލުކުރާ ގޮތުގައި އިންޑިއާއަކީ ދޮގު ހަބަރު ފެތުރުމުގެ ދުނިޔޭގެ މައި މަރުކަޒެވެ. އަދި އެކަން މިއަދު ދުނިޔެއަށް ދަނީ ހާމަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަސަނުބެ

17-Oct-2023

ބަލަ އިންޑިއާއޭ ނުކިޔާ އިންޑިއާގަ އުޅޭ ހިންދޫންނޭ ކިޔާބަލަ. އިންޑިޔާ އަކީ ދުނިޔޭގަ 3 ވަނައަށް އެންމެ މުސްލިމުން ގިނަ ގައުމު. ދުނިޔޭގަ އެންމެ މިސްކިތް ގިނަގައުމު. ޙާފިޒުންނާ ޤާރީންނާ ޝޭހުން އެހާގިނަ. އިންޑިއާ އޭ ބުނީމަ އެއެންމެންވެސް އެބަހިމެނޭ.



ޓްރެންޑިން