ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ރަސްމީކޮށް އެ ހޮސްޕިޓަލުގެ މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް ހުށަހެޅުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ޓްރީޓޮޕުން މިހެން ބުނީ އެ ހޮސްޕިޓަލުން ފަރުވާދިނުމުގައި ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ފަރުވާކުޑަކުރިކަމަށް ބަލިމީހެއްގެ އާއިލާއިން ތުހުމަތުކޮށް، އެކަމާ ގުޅިގެން ޓްރީޓޮޕް ކައިރިއަށް އެއްވެ އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރުމާއި ގުޅިގެންނެެވެ.

އެކަމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކާމެދު ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެ ހޮސްޕިޓަލުގެ ރަސްމީ މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް އެކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް ހިއްސާކުރުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ހޮސްޕިޓަލުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާ ގުޅިގެން ރަސްމީކޮށް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއެއް ވީ އެންމެ އަވަސް މިނެއްގައި އެކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާގެ މަތިން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ޓްރީޓޮޕުން ނެރުނު ބަޔާނުގައި ދިފައިވެއެވެ.

އަދި ޝަކުވާ ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުވަން ނުވަތަ ރަސްމީކޮށް އެހޮސްޕިޓަލަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އެ ހޮސްޕިޓަލުގެ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅައި މައުލޫމާތު އޮޅުންފިލުވޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން