މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާންކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ އޭނާ ކުރިމަތިލައްވަން ނިންމަވާފައިވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށެވެ. މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފަ އެވެ. އެހެން ނަމަވެސް ފާރިސް ބަލިކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ވަނީ ވާދަކުރައްވާފައެވެ. ފާރިސް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެެވެ. ފާރިސް އަށް ހޯއްދެވުނީ 2،979 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން