ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު މާލެ ދާއިރާގެ ގޮނޑިއަކަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މުޢިއްޒު އިއުލާންކުރެއްވިޔަސް، އޭނާ ވާދަކުރައްވަނީ މާލޭގެ ކޮން ދާއިރާއަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.



މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު މުޢިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ މާޗުމަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން