ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާމައިގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްގެ މަގާމަށް މެންބަރު ހަސަން ލަތީފް ކުރިމަތި ލައްވައިފިއެެވެ.

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އޭނާ ކުރިމަތި ލައްވާފައިވާކަމަށެވެ. އަދި އެޕާޓީގެ މެންބަރުންގެ ތާއީދަށް އެމްޑީޕީގެ ކުރީގެ ޗެއާާޕާސަން ހަސަން ވަނީ އެދިވަޑައިގެންފައެވެ.

ހަސަންގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުވެސް ވަނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 2 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން