އަހުމަދު މަސްނޫމް   17 އޮކްޓޯބަރު 2023 - 22:57
އެސްޓީއޯއާއި އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުނިތަކާއި، މުވައްޒަފުންނާއި ހިއްސާދާރުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ފަލަސްތީނަށް ފޯރުކޮށްދީފިއެވެ.

އެސްޓީއޯއިން ދިން 1 މިލިއަން ރުފިޔާގެ ފައިސާގެ ޗެކު ހަވާލުކޮށްފައިވަނީ "އަހަރެމެން ފަލަސްތީނާއެކު" ނަމުގައި ރާއްޖޭގެ މީޑިއާތަކުން ބާއްވާ ޚާއްޞަ ޓެލެތޯން ޝޯގެ ތެރެއިންނެވެ.

ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯއާއި ފިއުލް ސަޕްލައި، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް، އެމްއެސްއެސް އަދި މިފްކޯގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މިހާތަނަށް މި ތެލެތޯނަށް ލިބުނު އެންމެ ބޮޑު އެހީއެވެ.



އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެއް މިލިއަން ރުފިޔާގެ އިތުރުން ކުރިއަށް އޮތްތާގައިވެސް އިތުރު އެހީ ފޯރުކޮށްދޭނެކަމަށެވެ.

"އަހަރެމެން ފަލަސްތީނާއެކު" ނަމުގައި ރާއްޖޭގެ މީޑިއާތަކަކުން ބާއްވާ ޚާއްޞަ ޓެލެތޯން ޝޯގެ ތެރެއިން މިހާތަނަށް ވަނީ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް އެހީވުމަށް ހޯދާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން