އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޑިސެމްބަރުމަހުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެހެން ނަމަވެސް ޕްރައިމަރީ ބާއްވާނެ ރަސްމީ ތާރީޚެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ. އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

އެ ޕާޓީން ބުނީ ޑިސެމްބަރުގައި ޕްރައިމަރީ ބާއްވަން ނިންމީ ޖެނުއަރީ މަހުގެ ތެރޭގައި މާލޭ މޭޔަރު ހޮވުމުގެ އިންތިޚާބުވެސް އޮންނާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާނެ ވަކި ތާރިހެއް އިލެކްޝަން ކޮމިޝަނުން އަދި ހާމައެއް ނުކުރެއެެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން