ރާއްޖެއާއި ގުޅޭ ޢިލްމީ ދިރާސާތައް ކުރިއަށްގެންދިއުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމުވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑރ.މުޢިއްޒު ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި ސަޤާފަތް އާލާކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި މަސައްކަތްކޮށްފައިނުވާ މިންވަރަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރެއްވުމުގެ އަޒުމް ގެންގުޅުއްވާކަމަށެވެ. އަދި އެ މަސައްކަތުގައި އެންމެ އިސް ދަޢުރެއް ޢަދާކުރެވޭނެ އެއް ބަޔަކީ ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދާއިރާގެ އުސްތާޒުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޤައުމިއްުޔަތާއީ ދީނީ ކަންކަން ދިރުވާ އާލުކުރެވޭނީ ޢިލްމީ ދިރާސާތައް ކުރެވިގެންކަމަށާއި، އެކަމަށް ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރާއްޖެއަށް މުހިންމު އިލްމީ ދިރާސާތައް ކުރެވޭނެ މަގު ފަހިކުރުމަށް ފަންޑެއް ޤާއިމްކުރައްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ނެޝަނަލް ރިސަރޗް ފަންޑް"އެއް ބަޖެޓުގައި ހިމަނާނަން. ދީނީ އެކަންޏެއް ނޫން، ރާއްޖެއަށް މުހިންމު ބޭނުން ދާއިރާއަކުން ދިރާސާ ކުރަން ފުރުޞަތު ދޭނަން" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ސްކޫލްތަކުގެ ކަރިކިއުލަމްގައި، އިސްލާމްދީނާއި ދިވެހިންގެ ސަޤާފަތާއި ގުޅޭ ބައިތައް، މިހާރަށްވުރެ ފުޅާކޮށް ހިމަނުއްވާނެކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިންނާއި، އުސްތާޒުންނާއި ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން