އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލަކަށް ބޮން އަޅައި 500 ފަލަސްތީނު ރައްޔިތުން މިރޭ ޝަހީދުކޮށްލައިފި އެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީ ސިފައިން މިރޭ ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށެވެ. ފަލަސްތީނުގު ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާގައި ފަލަސްތީނުގެ 300 ވަރަކަށް މީހުން ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއިލް ސިފައިން ހަމަލާދީފައިވަނީ ހޮސްޕިޓަލްގެ ކޯޓުޔާޑަށެވެ. އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ހަބަރުތަށް ބުނެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 3000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން