ރާއްޖޭގެ ހުރިހާ ލީޑަރުން ގުޅިގެން ފަލަސްތީނާއި ގުޅޭ ޤައުމީ ހަރަކާތެއް އިންތިޒާމް ކުރުން މުހިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ހުރިހާ ލީޑަރުން ހިމެނޭހެން ފަލަޞްޠީނާ ގުޅޭ ކަންކަމުގައި ޙަރަކާތްތެރިވާނެ، ޤައުމީ ޙަރަކާތެއް މިވަގުތު ރާއްޖޭގައި އޮތުން ވަރަށް މުހިންމު ކަމަށެވެ. އަދި އިސްލާމީ އުންމަތް ހިތްދަތިވަގުތަކާ ކުރިމަތިލަމުންދާއިރު މިކަމާމެދު ސަފުތައް އެއްބައިވަންތަވުން ވަރަށް މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މިވަގުތު އިޒްރޭލާއި ހަމާސްއާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ސުލްހަވެރި ހައްލެއް ހޯދުމަށް ރާއްޖޭގެ ސިޔާސީ ލީޑަރުން ވަނީ ގޮވާލާފައެވެ. އަދި ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގައިވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އެ ހަނގުރާމައިގައި ޝަހީދުވީ ފަލަސްތީނު މީހުންގެ އަދަދު ވަނީ 3000 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން