ޗައިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ތެރެއިން ރާއްޖެއަށް އިތުރު އެހީތައް ލިބޭނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޒިންހުވާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިންތިޚާބީ ރައީސް ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ ވަރަށް ތާރީޚީ ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށެވެ. ޑރ. މުޢިއްޒު ވިދާޅުވީ މި އިނީޝިއޭޓިވްގެ ތެރެއިން ރާއްޖޭގެ އިތުރަށް ޗައިނާއާއި ގުޅުން އޮންނަ އެހެން ޕާޓްނަރ ޤައުމުތަކަށްވެސް ފައިދާ ކުރާނެ ކަމަށެވެ.
ހަމައެއާއިއެކު، ބީއާރްއައިގެ ދަށުން ހަދާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވުނު އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ބައިވަރު ތަރައްޤީގެ މަޝްރޫއުތަކާއި ގާތް އެއްބާރުލުންތައް ރާއްޖޭގައި ކުރިއަށް ގެންދެވުނު. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން އެތަކެއް މީހުންގެ ދިރިއުޅުން ބަދަލުކޮށްކި. މާލެއާއި ހުޅުމާލެ ގުޅުވައިދިން މި މުހިންމު މަޝްރޫޢުގެ ސަބަބުން ގްރޭޓާ މާލެ އޭރިއާއަށް އިންޤިލާބީ ތަރައްގީއެއް އައި." ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ކޮށްދީފައިވާ ކަންތައްތައް ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. މުޢިއްޒު ވިދާޅުވީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ސޯޝަލް ހައުސިންގ ޕްރޮޖެކްޓާއި އެއާޕޯޓް ތަރައްޤީ ކުރުން ފަދަ ބައިވަރު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ޗައިނާގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދެވުނު ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖެއަށް އެހެނިހެން ޤައުމުތަކަށްވެސް ބޭނުންވަނީ ދެފަރާތަށްވެސް ފައިދާކުރުވާ މި ޒާތުގެ މަޝްރޫޢުތައް. ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޗައިނާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަން. ބީއާރްއައިއާއި ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑު އުންމީދެއް އެބައޮތް." ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ބީއާރްއައި އިން މުހިންމު ދައުރެއް އަދާކުތމރާނެ ކަމަށް ދެކިވަޑައިގަންނަވާކަން ފާހަގަކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު