ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކާލުމަށް ރާއްޖޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ބައިވެރިވުމާއެކު ބާއްވާ މި އެއްވުން އޮންނާނެކަން އިއުލާންކޮށްފައިވަނީ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ.

މި އެއްވުން ބޭއްވުމަށް ނިންމެވިކަން އިމްރާން އިއުލާންކުރެއްވީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް އިތުރުވެ، ހޮސްޕިޓަލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ.



އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލަކަށް ބޮން އަޅާފައިވާއިރު، އެ ހަމަލާފައި 500 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީ ސިފައިން މިރޭ ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށެވެ.

އިސްރާއިލް ސިފައިން ހަމަލާދީފައިވަނީ ހޮސްޕިޓަލްގެ ކޯޓުޔާޑަށެވެ. އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 3000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން