ކުރިއަށް އޮތް ދިރާސީ އަހަރު އަމީނިއްޔާ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަމީނިއްޔާ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވަނީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމާއެކު އަމީނިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރައްވާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމީނިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ސީއެޗްއެސްސީ ހިންގަމުން ދިޔަ އިމާރާތް އަމީނިއްޔާ ސްކޫލަށް ދިނުމަށް ނިންމާފައިވާކަމަށެވެ. ސީއެޗްއެސްސީގެ އިމާރާތަކީ އެ ސްކޫލާއި އިންވެގެން ހުންނަ އިމާރާތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސީއެޗްއެސްސީގެ އިމާރާތް އަމީނިއްޔާއަށް ހަމަޖައްސާނީ މަރާމާތުކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދެމުން އަންނަނީ 4 ސްކޫލެއްގައެވެ. އެއީ ދަރުމަވަންތަ ސްކޫލްއާއި، ޢިއްޒުއްދީން ސްކޫލާއި ޞަލާޙުއްދީން ސްކޫލާއި މުޙިއްޔިއްދީން ސްކޫލެވެ.

އަމީނިއްޔާ ސްކޫލަކީ 2000 އަށް ވުރެގިނަ ކުދިން ތައުލީމް ހާސިލްކުރަމުން އަންނަ ސްކޫލެކެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދަވާލާ

25-Oct-2023

މުއްދަތު ހަމަވެފައި ފޮށިތަންމަތި ހިފައިގެން ގެއަށް ދާންޖެހުނީމަ ހާދަ ހިންގާލަނީމި ، މަރާމާތު ކުރާށޭ ކިޔާ ލާރިގަނޑެއް ދިރުވާލަށް ތައްޔާރު ވަނީ



ޓްރެންޑިން