އަހުމަދު މަސްނޫމް   18 އޮކްޓޯބަރު 2023 - 20:13
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންވައިފިއެވެ.

އިޤްތިޞާދީ ދާއިރާގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ވިދާޅުވީ އޭނާ ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާއަށް ކަމަށެވެ. އަދި ވާދަކުރައްވަން ބޭނުންފުޅުވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން އޭނާ ނިންމެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރެއްވުމުގެ ގޮތުން ކަމަށެވެ.

ޑރ. ފަޒީލް އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމު އަދާކުރެއްވީ އޮކްޓޯބަރު 2008 އިން ޑިސެމްބަރު 2013 ގެ ނިޔަލަށެވެ. އޭނާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މޯލްޑިވްސްގެ ގަވަރުނަރުގެ އިތުރުން ދެކުނު އޭޝިއާގެ މަރުކަޒީ ބޭންކުތަކުގެ ނެޓްވޯކެއް ކަމަށްވާ ސާކް ފައިނޭންސްގެ މިހާރުގެ ޗެއާމަންވެސްމެއެވެ.

ފަޒީލް ވަނީ ކޮމާޝަލް ލޯ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) އިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން