ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ފަރުޟު 5 ނަމާދުގައިވެސް ގުނޫތު ކިޔުމަށް ނިންމައިފިއެވެ.

ސަރުކާރުން ވަކިގޮތެއް އަންގަންދެން، ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިއުމަށް އަންގާފައިވާއިރު، މީގެކުރިން ދިޔައީ އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި ޕަލަސްތީނަށް ނަސްރު ދެއްވުން އެދި ގުނޫތު ކިޔަމުންނެވެ.

އިސްލާމިކް މިނިސްޓްރީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޤުނޫތު ނާޒިލާ ކިޔާނީ ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ކަމަށެވެ.

އެގޮތުން މިއަދު މެންދުރު ނަމާދުން ފެށިގެން ފަރުޟު ހުރިހާ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ޤުނޫތު ނާޒިލާ އަކީ ބޮޑު މުސީބާތެއް ކުރިމަތިވުމުން، ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ޚާއްސަ ދުއާ އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން