ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮންނަތާ 4 އަހަރަށް ފަހު އެއްވެ އުޅުމުގެ މިިނިވަންކަމާއި ގުޅޭ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަލުން ފަށައިފިއެވެ.

2019 ވަނަ އަހަރުގައި މަޖިލީހަށް ހުށަހެޅި 'ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު'ގައި ހިމެނޭ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލުމާއި ބެހޭ ބިލުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ފަށައިފައެވެ.



ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެމާއްދާ އިތުރުކުރި ބިލު ތަސްދީގު ކުރީ 2016 ވަނަ އަހަރުގައެވެ. އެއީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރުގައެވެ. އެ ބަދަލާއިއެކު، ހުއްދައަކާ ނުލާ އެއްވެވޭނެ ހަމައެކަނި ތަނެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ކަނޑައެޅުނެވެ.

އެމާއްދާގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެކަން ފާހަގަކޮށް، މި ބިލް މަޖިލީހަށް ހުށަހެޅީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެވެ. 2020 ވަނަ އަހަރުގައި އެބިލުގެ މަސައްކަތް ނިންމައި ރިޕޯޓް ފާސްކޮށް މަޖިލީހަށް ފޮނުވުމުންވެސް އެބިލު ވަނީ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މިބިލުގެ މަސައްކަތް އަލުން ފަށައި މިމަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް ހުށައެޅީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން