އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކަވަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުން، ބޭރުގެ މީޑިއާތަކަށް ދައުވަތު ދީފިއެވެ.

ނޮވެމްބަރ 17 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ ޑރ. މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއިން ބޭރުގެ ހުރިހާ މީޑިއާތަކަށް ހުޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އިއުލާން ކޮށްފައެވެ. މި ހަފްލާ ކަވަރުކުރަން ޝައުގުވެރިވާ ބޭރުގެ މީޑިއާތަކުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ފޯމް ހުށަހެޅުމަށް މި އިއުލާނުގައި ބުނެފައި ވެއެވެ.

މި ހަފްލާ ކަވަރުކުރަން ބޭނުންވާ ބޭރުގެ މީޑިއާތަކުން ވިސާ އާއި އެހެނިހެން ހުއްދަތައް ހޯދުމަށް ބޭނުންވާ ލިޔެކިއުންތައް މަޖިލީހުގެ ފަރާތުން އިންތިޒާމްކޮށްދޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އެހެން ނަމަވެސް، ބޭރުގެ ނޫސްވެރިންގެ ކެއުމާއި ހުރުމުގެ ޚަރަދުތައް ހަމަޖައްސަން ޖެހޭނީ އެމީޑިއާއެއްގެ އަމިއްލަ ޚަރަދުގައި ކަމަށް މަޖިލީހުން ބުނެފައި ވެއެވެ.

ނޮވެމްބަރ 17ގައި ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން އިންތިޤާލީ މަރުހަލާގެ ހުރިހާ މަސައްކަތެއް ނިންމާ އެމަސައްކަތުގެ ފައިނަލް ރިޕޯޓެއް ތައްޔާރުކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން