ރޭޕްގެ ޝިކާރައަކަށްވެ ބަލިވެ އިން 18 އަހަރުން ދަށުގެ އަންހެނެކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި ކުށުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

"އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ." ފުލުހުން ބުނެފައި ވެއެވެ.



މިމައްސަލަ ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 6 ވީ ހުކުރު ދުވަހުގައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއްގައި ހިނގި މި ހާދިސާއާއި ގުޅުންހުރި ކުޑަކުއްޖާއަކީ 15 އަހަރުގެ ކުޑަކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން