އަރަބިން ކައިގެން ބޮއިގެން ތިބޭއިރު ފަަލަސްތީނުގެ ރައްޔިތުން ތިބީ ބޯނެ ފެންފޮދެއް ނުލިބި، ކާނެ އެއްޗެއް ނެތިފައި ކަމަށް މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ޙައްޤުގައި މީސްމީޑިއާގައި ވަރަށް ގިނައިން ޚިޔާލު ފާޅުކުރައްވާ ސައުދު ވިދާޅުވީ ފަސްތީނުގެ ރައްޔިތުން ބޯނެ ފެންފޮދެއް، ކާނެ އެއްޗެއް، ބޭސްފަރުވާއާއި ބޯހިޔާވަހިކަން އަދި ފާޚާނާ ކުރެވޭނެ ގޮތެއް ނެތުމުގެ އިތުރަށް ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް ނެތިފައި ތިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ބޯމަތިން ވާރޭ ވެހޭފަދައިން އިޒްރޭލުގެ އަނިޔާވެރި ބޮންތަކުގެ ޝިކާރަޔަކަށް ވެފައި ވަނީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާއި ކުޑަކުދިންނާއި ބަލިމީހުންނާއި މުސްކުޅިންކަން ފާހަގަކުރައްވަމުން ސައުދު ވަނީ ފަލަސްޠީނުގެ މުޖާހިދުންނާއި ރައްޔިތުން އެކުރަމުންދާ ޖިހާދަށް ނަސްރުދެއްވުން އެދި ދުއާކުރައްވާފައެވެ.



މިދުވަސްކޮޅު ސައުދުގެ އިތުރުން ވަރަށް ގިނަ ރައްޔިތުންގެ މަޖިލީސް މެންބަރުން ދަނީ އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އައުން ހުއްޓުވައިދިނުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ހައިތަމްވެސް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވެއެވެ.

7 އޮކްޓޫބަރގައި އިޒްރޭލުން ފަލަސްތީނުގެ ވެރިރަށް ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވީ ފަލަސްތީނު ޢާންމުންގެ އަދަދު 4000 އާއި ގާތްވެފައިވާއިރު އޭގެ ތެރޭގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޙަފީޒާ

21-Oct-2023

ޢިޒްރޭލުގެ ނުލަފާ ޖައްބާރުން ގެންދަނީ ފަލަސްޠީނުގެ ނިކަމެތި ރައްޔަތުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ނުލަފާ ޖައްބާރުންންނާއި އެބައިމީހުންނަން ވާގިވެރިވާ ބައިގަނޑުގެ ލޯކަނވެ ބީރުވެ ފައި ތިބެނީ އެކަމަކު މިއީ އިންސާނީޙައްޤު ތަކަށް މަސައްކަތްކުރާމީހުންނޯ



ޓްރެންޑިން