ނ. ކެނދިކުޅުދޫ ސިއްހީ މަރުކަޒުން ކުޑަ ދެ ކުދިންގެ ގަޔަށް އޮޅުމަކުން ނުބައި ވެކްސިނެއް ޖެހިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހު ހިނގި ކަމެއް ކަމަށް ސިއްހީ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. ދިވެހި ނަރުހަކަށް އޮޅިގެން ނުބައި ވެކްސިނެއް ދެވުނީ ހަ މަހުގެ ތުއްތު ދެ ކުދިންނަށް ކަމަށް ސިއްހީ މަރުކަޒުން ބުނެފައި ވެއެވެ.

"ރަސް އޮންލައިން"އާއި ވާހަކަ ދެއްކެވި ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ ވިދާޅުވީ އެ ދެ ކުޑަކުދިންގެ ޙާލު ރަނގަޅު ކަމަށެވެ.

"އައިޕީވީ ވެކްސިން ޖަހަން ޖެހޭ އެ ދެކުދިން ގަޔަށް ޖެހިފައި ވަނީ އެޗްޕީވީ ވެކްސިން." ސިއްހީ މަރުކަޒުގެ މެނޭޖަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުދިންނަށް ނުބައި ވެކްސިނެއް ދެވުނުކަން އެނގުނީ ވައިލްތައް އުކާލަނިކޮށް ކަމަށެވެ.



މި މައްސަަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި މިނިސްޓްރީން މިކަމުގެ ތަހުޤީޤު ކުރިއަށް ގެންދާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

އެޗްޕީވީ ވެކްސިންއަކީ ޢެންމެ އަވަސްވެގެން އުމުރުން 9 އަހަރުގައި ޖަހާ ވެކްސިނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން