ގައުމީ އެއާލައިން، މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރުވާ ކުންފުނިތަކަކަށް ހައްދަވައިދެއްވާނެ ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރުނބާ ރިސޯޓުގައި މިހާރު ކުރިއަށްދާ ޖެނެރަލް މެނޭޖަރސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކޮށް "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް ދެ ކުންފުންޏަކީ ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިޤްތިޞާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިޔަށްގެންގޮސް، 2024 ވަނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެއަރޕޯޓްގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވައި ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޑޮމެސްޓިކް އެއަރޕޯޓްތައް ގާއިމުކުރައްވައި ދަތުރުފަތުރު ނެޓްވޯރކް ފުޅާކޮށް ފުރިހަމަކުރައްވާނެ ކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. ހަމައެއާއިއެކު، ދިވެހިރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއް ގާއިމުކުރައްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން