ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ 200 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަށް އިންތިހާބީ ރައީސް ހުށަހަޅުއްވަން ބޭނުންވެ ވަޑައިނުގަންނަވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ 200 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނަން ހުށަހަޅާފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓްރާންސިޝަން ކޮމިޓީން އެދިފައިވާ ގޮތަށް 200 މިލިއަން ރުފިޔާ އިތުރުކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ ހިމަނާފައިވަނީ ސަޕްލިމެންޓަރީ ބަޖެޓުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިންތިހާބީ ރައީސްގެ ފަރާތުން ހުށަހަޅާފައިވާ 200 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފުސީލުތަކެއް ހާމަކޮށްފައެއްނުވެއެވެ. މިފައިސާގެ އިތުރުން މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަން ބޭނުންވާ ބަދަލުތައް ހުށަހެޅުމުގެ މަސައްކަތްވެސް އިންތިހާބީ ރައީސްގެ އޮފީހުން ދަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށްަ ހުށަހަޅާފައެވެ. އަދި އަންނަ އަަހަރަށް ބޭނުންވާ ބަޖެޓް ފާސްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން