ފަލަސްތީނަށް އިންސާފު ލިބެންދެން، އިޒްރޭލާއި ދެކޮޅަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ތާއީދުކުރާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ދައުލަތުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް މުސްލިމު ޢުންމަތުން ކުރެވެންހުރި ކޮންމެކަމެއް ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންނަކީ ދިވެހިން، އަޅުގަނޑު މެންނަކީ މުސްލިމުން! އަޅުގަނޑުމެންގެ ޤާއުމު ކުޑަނަމަވެސް އަޅުގަނޑުމެންގެ އަޑު ދުނިޔޭގައި ގަދަވާނެ." އާޒިމް ވިދާޅުވިއެވެ.



އާޒިމް ވިދާޅުވީ ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް އިންޞާފު ލިބެންދެން އިޒްރޭލާއި ދެކޮޅަށް ދިވެހި ޤައުމު ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އޭނާ ތާއީދު ކުރައްވާ ކަމަށާއި އަދި އެގޮތުބް ކުރާ ކަމެއްގައި ބައިވެރިވާނެ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކުރަން ރާއްޖޭގައި ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މީގެތެރޭގައި މީޑިއާތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ހިމެނެއެވެ. އަދި ފަންޑްރައިސްކުރުމަށް ހިންގާ ހަރަކާތްތަކުންވެސް ދަނީ އެތައް މިލިއަން ރުފިޔާއެއް ހޯދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން