ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން ހުޅުވާލައިފިއެވެ.

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދެކެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ރައީސް ސާލިހް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ މަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ހުލުވާލާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ވައުދާއި އެއްގޮތަށް ނަލަންދޫގައި ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލީ މިއަދުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން އަންނަ އަންގާރަ ދުވަހު ހެނދުނު ނަލަންދޫ 11 ޖަހާއިރު މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. އަދި ބީލަން ހުށަހެޅުން އޮތީ، އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

ނަލަންދު އަކީ ބޮޑުމިނުގައި 60 ހެކްޓަރުގެ އަދި ބޮޑު ނޫވިލަކާ އެކު ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން