ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި މިއަދު މެންދުރު ހިނގި ހާދިސާގައި ޙާލު ސީރިއަސްވީ މީހާ މާލެ ގެނެސްފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައިގެން ހިނގި މި ހާދިސާގައި އަނިޔާވި މި މީހާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މިރޭގެ ވަގުތެއްގައި ވަނީ މާލެ ގެނަސްފައެވެ. އެމްއެންޑީއެފުން ބުނީ، އެ މީހާ މާލެ ގެނައީ ހަނިމާދޫގައި ސިފައިން އޮޕަރޭޓްކުރާ ޑޯނިއާ ފްލައިޓްގައި ކަމަށެވެ. މިހާރު އޭނާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާގައި އަތަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ކުޅުދުއްފުށީގެ 37 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަކީ ކުޅުދުއްފުށީ އެއާޕޯޓްގައި މަސައްކަތްކުރާ ފަޔަރފައިޓަރެކެވެ.

މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަރ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލްކުރުމުގެ ތެރޭގައި އެ ގޮވައިގެންނެވެ.

މި ހާދިސާގައި އަނިޔާވި އެއާޕޯޓްގައި މަސައްކަތް ކުރާ ތިން މުވައްޒިފަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން