ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގައި ދެއްކި އެއްބައިވަންތަކަން ދެމެހެއްޓުމަށް ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޑރ. މުއިއްޒު މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރެއްވި ކެމްޕެއިން ޓީމުތަކާއެކު މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ދިވެހިން ބޭނުންވި ދިވެހީންގެރާއްޖެ ހޯދައިދެވުނީ ކެމްޕެއިން ޓީމުތަކުން ކުރި ވަރަށް ބުރަ މަސައްކަތްތަކަކާއެކުކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިކާމިޔާބީ ލިބުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށާއި، މި ކާމިޔާބީ ދަމަހައްޓަން ބޭނުންވާނަމަ އެއްބައިވަންތަކަންވެސް ދަމަހައްޓަންޖެހޭކަމަށެވެ.

"ކެމްޕެއިން ކާމިޔާބުކުރުމުގައި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކަން. ޤައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި އެ އެކުވެރިކަންމަތީގައި، އެއަށްވުރެވެސް ވަރުގަދަ ނުގުޑާ އަޒުމެއްގައި ޤައުމާއިގެން ކުރިއަށްދިއުމުގައި އަތުކުރި އޮޅާލުމަށް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ދެއްކެވި ކުރު ވާހަކަފުޅުގައި ވަނީ ކެމްޕެއިން ޓީމުތަކުގެ ފަރާތުން ކުރިއަށް އޮތްތަނުގައިވެސް އެއްބާރުލުން ލިބޭނެކަމަށް ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާއި ކެމްޕެއިންގައި އިސްކޮށް އުޅުއްވި ގިނަ ބަޔަކު ބައިިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙަސަނު

21-Oct-2023

އަބުދުއްރަހީމު ތަބެއްހެން ކޮޅަށްޖެހިގެން ކޮންމެތަނެއްގަ މިހުންނަނީ ކީއްވެގެންބާއޭ އެބަހިތަށްއަރާ.



ޓްރެންޑިން