ފެނަކަ ކޯޕަރޭޝަނުން ހިންގާ ބައެއް ރަށްރަށުގެ އިންޖީނުގެތައް ހުންނަ ރަށްރަށުގެ ތެޔޮ ޓޭންކްތައް އައު ކުރުމަށް އައު ޓޭންކްތައް ގަތުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްޓުވައިފިއެވެ.

އޭސީސީން ފެނަކައިގެ ބީލަމެއް ހުއްޓުވާފައި މިވަނީ އެ ކުންފުންޏާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އޭސީސީން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތައް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަމުން ގެންދާކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށްގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވަނީ އަންގާފައިކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފެނަކައިން ބުނީ އޭސީސީގެ އެންގުމާއި އެއްގޮތަށް ޓޭންކްތައް ގަތުމުގެ މަސައްކަތް މަޑުޖައްސާލާފައިވާކަމަށެވެ.

ޓޭކްންތައް ގަތުމުގެ މަސައްކަތް މަޑުޖައްސާލަން އޭސީސީން އެންގިނަމަވެސް، އެކަމުގެ މާބޮޑު ތަފްސީލެއް އޭސީސީން ނުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން