ޝާހްރުކް ޚާން އާއި ސުހާނާ ޚާން އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިންގ އަންނަ މަހުގައި ކުރިއަށްދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ސުޖޯއީ ގޯޝް ބުނެފިއެވެ.

މިފިލްމު ވެގެންދާނީ ޖާސޫސީ ތްރިލާ ފިލްމަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ، އެގޮތުން މިފިލްމުން ސުހާނާ ފެނިގެންދާނީ ޖާސޫސު ކުރާ މީހެއްގެ ރޯލުންނެވެ. އަދި ސުހާނާގެ ހެންޑްލަރ އެއްގެ ރޯލުން ޝާހްރުކްޚާން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ ހިންދީ ފިލްމު 'ޑިއަރ ޒިންދަގީ' އިން ޝާހްރުކް ޚާން ކުޅުނު ފަދަ ރޯލެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިފިލްމު ވެގެންދާނީ ސުހާނާ ކުޅޭ ދެވަނަ ފިލްމަށެވެ. އޭނާ އަލަށް މަސައްކަތް ކޮށްފައިވާ ފިލްމަކީ ޒޯޔާ އަޚްތަރުގެ "ދަ އާޗީސް"އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން