މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮފީހުން އެދިއްޖެއެވެ.
މޯލްޑިވްސް ޕޯސްޓުން ބުނެފައިވަނީ، އެ އޮފީހުގެ ނަމުގައި ތަފާތު ލިންކުތައް ހިމެނޭ ސްކޭމް މެސެޖުތަކެއް ކަސްޓަމަރުންނަށް ފޮނުވަމުންދާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންގެ އައިޓަމްތައް ހަވާލުނުކުރެވޭ ކަމަށްބުނެ ލިބޭ މެސެޖުތަކާއި، ވެރިފަރާތުގެ އައިޑީ ކާޑު ޔަގީން ކުރުމަށްޓަކައި ފޮނުވާ މެސެޖުތަކުގެ އިތުރުން ވެރިފަރާތުގެ އެޑްރެސް ޔަގީން ކުރުމަށް ފޮނުވާ މެސެޖުތައް ވެސް ހިމެނޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
“އެފަދަ މެސެޖުތަކުގައި އެ ކަސްޓަމަރުންގެ ޓްރެކިން ނަންބަރުތައް ވެސް ހިމަނާފައި ހުރެއެވެ. އަދި ލިންކަށް ވަނުމުން އެކި ނަންނަމުގެ ފީތައް ދެއްކުމަށްވެސް އެދިފައި ހުރެއެވެ.” ޕޯސްޓުން ބުނެފައިވެއެވެ.
އެހެންކަމުން އޮޅުވާޅުމުގެ އެފަދަ މެސެޖުތަކަށް އާންމުން ސަމާލުވެ، އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެ އޮފީހަށް އެންގުމަށް މޯލްޑިވްސް ޕޯސްޓުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު