ފޮޓޯ: ދަ ޓައިމްސް އޮފް އިސްރާއީލް
ފޮޓޯ: ދަ ޓައިމްސް އޮފް އިސްރާއީލް
ރާއްޖެއަށް ދަތުރުނުކުރުމަށް އިޒްރޭލު ރައްޔިތުންނަށް އެޤައުމުގެ ޚާރިޖީ ވުޒާރާއިން އަންގައިފި އެވެ.

"އިސްރާއީލާ ދެކޮޅަށް ދިވެހިރާއްޖޭގެ ރައްޔިތުން އަޑުއުފުލަމުންދާ މާހައުލެއް އުފެދިފައިވާތީ އިޒްރޭލުގެ ރައްޔިތުން މިވަގުތު ދިވެހިރާއްޖެއަށް ދަތުރުކުރުމުން ދުރުހެލިވުމަށް އިލްތިމާސްކުރަން،" އިޒްރޭލުގެ އަރުޓްސް ޝެވާއިން ނޫހުން ރިޕޯޓުކުރި އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ސަރުކާރުން އެންގި އިރު، ދިވެހިން ވެސް ދަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުނުކުރެވޭނެ ހެދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޢާންމުކޮށް ރާއްޖެއަށް ރާޅާ އަޅަން އަންނަ އިޒްރޭލުގެ ފަތުރުވެރިއެއް ވަނީ ރާއްޖެ މީހުންނަކީ ހަމާސްފަދަ 'ހައްދުފަހަނައަޅާފައިވާ' ޖަމާއަތަކަށް ފަންޑުކޮށްދޭ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން