ރައްޔިތުންގެ މަޖިލީހުުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށް ދައުލަތުން ބަދަލުދޭންޖެހުނުތޯ ސާފުކުރެއްވުމަށް ރައީސް އޮފީހަށް އެކަމަނާ ސިޓީއެއް ފޮނުއްވައިފިއެވެ.
"ތިޔަ އޮފީހުގައި އޮންނަ ބަދަލުދޭ ކޮމިޓީއަކުން އަޅުގަނޑަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާކަމަށް 'ދެންމެ' ކިޔާ އޮންލައިން ނޫހެއްގައި ލިޔެފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ވަނީ މިއީ ހަޤީޤަތުގައިވެސް ހިނގާފައިވާ ކަމެއް ކަމަށް ޤަބޫލު ކުރެވިފައިއެވެ." ރޮޒެއިނާ ފޮނުއްވި ސިޓީގައިވެއެވެ.
އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް، އެ އޮފީހުގެ ފަރާތުން އޭނާއަށް މިފަދަ ބަދަލެއް ދޭންއުޅޭ ކަމެއްވެސް، އަދި މިއީ ކޮން ކަމަކާއި ގުޅިގެން އޭނާއަށް ދޭން އުޅޭ ބަދަލެއް ކަމެއްވެސް އަންގާފައިނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެއްވެސް ކަމަކާއި ގުޅިގެން ރައީސް އޮފީހުން ބަދަލެއް ދޭންޖެހޭ ކަމެއް އޭނާއަށް މިހާތަނަށް އެނގިވަޑައިގެންފައި ނުވާކަމަށްވެސް މި ސިޓީގައި ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.
ވީމާ، ރައީސް އޮފީހުން މިފަދަ އެއްވެސް ނިންމުމެއް ނިންމަފާވޭތޯ ސާފުކޮށްދެއްވުމަށް ރޮޒެއިނާ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު