މި ހަފްތާ ބަންދުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށާއި އަދި ދެކުނަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށްވެސް މެޓްއޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖޭގެތެރޭގެ ރަށްތަކަށް މޫސުން ގޯސްވިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ.

އުތުރަށް ވިއްސާރަކުރަމުންދާއިރު މެޓް އޮފީހުން ބުނީ އެ އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ށ. ފުނަދޫއަށެވެ. އެ ރަށަށް 50.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ބޯކޯށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންދާތީ ޑިޒާސްޓާ މެނޭޖްމެންޓާއި އެމްއެންޑީއެފުން ދަނީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން