އަހުމަދު މަސްނޫމް   20 އޮކްޓޯބަރު 2023 - 20:35
ހަމާސް ޖަމާޢަތުގެ ތަރުޖަމާނު ހަސަން ޔޫސުފް
ހަމާސް ޖަމާޢަތުގެ ތަރުޖަމާނު ހަސަން ޔޫސުފް
އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ، ޔަހޫދީންނަށް ސިހުން ގެނުވި ހަމަލާތަކެއްދިން ފަލަސްތީނުގެ ހަމާސް ޖަމާޢަތުގެ ތަރުޖަމާނު ހަސަން ޔޫސުފް ހައްޔަރުކޮށްފިއެވެ.

ހަބަރުތައް ބުނާގޮތުން ހަމާސް ޖަމާޢަތުގެ ތަރުޖަމާނު ހަސަން ޔޫސުފް ހައްޔަރުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ސަަރަހައްދެއްގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އޭނާ ހައްޔަރުކުރީ ހަމާސްގެ މަސައްކަތްތަކުގައި ޝާމިލުވެ އުޅޭކަމުގެ ތުހުމަތުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޔޫސުފްއަކީ ފަލަސްތީނުގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެއްވެސްމެއެވެ. އަދި އޭނާއަކީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ފަލަސްތީނުގެ ހުޅަނދު އައްސޭރީގައި ހަމާސްގެ ފަރާތުން ހުންނަ ތަރުޖަމާނުގެ އިތުރުން، ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްވެސްމެއެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާއިގެ ސަބަބުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ނުވަތަ ވެސްޓް ބޭންކުގައިވެސް ދަނީ ހާލަތު ގޯސްވަމުންނެވެ.

ހަމާސް ޖަމާޢަތުގެ ތަރުޖަމާނު ހަސަން ޔޫސުފްއަކީ މީގެކުރިން އެތައް ފަަހަރަކު އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން އެކި މައްސަލަތަކުގައި އޭނާ ވަނީ 24 ވަރަކަށް އަހަރު ޖަލުގައި ހޭދަކޮށްފައެވެ.

ޔޫސުފް ފާހަގަވެފައިވަނީ ފަލަސްތީނު ރައްޔިތުންގެ އަގު ދުނިޔެއަށް އިއްވުމުގައި އިންޓަރނޭޝަނަލް މީީޑިއާގައި ގިނަ މަސައްކަތްތަކެއް ކުރާ މީހެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން