ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައިނިމި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އާރބަންކޯއިން ބުނީ ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ފަށާފައިވާ "ސައިޓް ބީ" ގައި، 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަރބަންކޯއިން ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ، ހިއްކަމުންދާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެދިފައެވެ.



ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށް އަރބަންކޯއިން ބުންޏެވެ. އެގޮތުން، ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެ މަޝްރޫޢުއެއްކަމަށް އަރބަންކޯއިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން