ހުޅަނގުގެ ބާރުތަކާއި އދއިން އުފައްދާފައިވާ، ހައްދުފަހަނައަޅާފައިވާ ޢިސްރާއީލޭ ކިޔާ ދައުލަތުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމާލާތަކުގެ ސަަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގައި ހުޅުވާފައިވާ ފަންޑަށް ދިވެހި މަސްވެރިންގެ ފަރާތުން މިއަދުވެސް ފައިސާގެ ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ.

މަސްދޯނިތަކުން ޢައްޒާ ފަންޑަށް އެހީތެރިވުމަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރަމުންދާއިރު މިއަދު 170000 ރުފިޔާ ވަނީ އެ ފަންޑަށް ޖަމާކޮށްފައެވެ. މީގެތެރެއިން 127433 ރުފިޔާއަކީ ގއ. ކޮލަމާފުށި "ރާސްތާ" ދޯނިން ހަދިޔާކުރި ފައިސާއެވެ.

މީގެއިތުރުން ގއ. މާމެންދޫގެ ދުވެލި 6 ދޯނިން 25000 ރުފިޔާ އަދި ހުޝިޔާރު ދޯނިންވެސް ވަނީ 25000 ރުފިޔާ ގަދިޔާކޮށްފައެވެ.

މީގެކުރިން އެހެން ބައެއް ދޯނިތަކުންވެސް ވަނީއެ ފަންޑަށް ފައިސާ ހަދިޔާކޮށްފައެވެ. އެގޮތުން ގއ. ކަނޑުހުޅުދޫ މަސް ދޯންޏަކުން 50،000 ރުފިޔާ ވަނީ ހަފިޔާކޮށްފައެވެ.

ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ޢައްޒާއަށް އެހީތެރިވާ ފަންޑަށް މިހާތަނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން