ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދޭން މިރޭ ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން / ފޮޓޯ: ރަސް އޮންލައިން
ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދޭން މިރޭ ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން / ފޮޓޯ: ރަސް އޮންލައިން
އިސްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީންގެ ލާއިންސާނީ އަނިޔާތައް ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދޭން މިރޭ ބޭއްވި ބޮޑު ހިނގާލުމުގައި ކުދި ބޮޑު އެތައް ސަތޭކަ ބަޔަކު ބައިވެރިވެ، އެމީހުންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނާއިމެދު އޮތް ލޯބި ހާމަކޮށްދީފިއެވެ.

މާލޭގައި މިރޭ ބޭއްވި ބޮޑު ހިނގާލުމަކީ އަމިއްލަ ޖަމިއްޔާތަކާއި ބައެއް ކްލަބްތައް ގުޅިގެން ބޭއްވި ހިނގާލުމެކެވެ. މާލޭގެ އެންމެ ބޮޑު އެއް މަގުކަމުގައިވާ މަޖީދީ މަގުގައި ކުރިއަށްދިޔަ ހިނގާލުމުގެ ދެ ޖިންސުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.



ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ މިނިވަންކަމާއި އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުގެ އަނިޔާވެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހިނގާލުމުގެ ބައިވެރިން އަޑު އުފުލާފައިވެއެވެ.

މާފަންނު ރަސް ފަންނު ސަރަހައްދުން ފެށި ހިނގާލުން މަޖީދީމަގުން ގޮސް، ނިންމާލި ހެންވޭރު ދަނޑަށެވެ. ހިނގާލުން ނިންމާލުމުގެ ގޮތުން، ހެންވޭރު ދަނޑު ސަރަހައްދުގައި ވަނީ ހާއްސަ ދުއާއެއްކޮށްފައެވެ.



މިރޭ ބޭއްވި ބޮޑު ހިނގާލުމުގެ އިތުރުންވެސް، ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދީ، އެމީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެތައް ހަރަކާތްތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން